An NGO registered under the youth ministry which aims to spread religious awareness. We design and produce Islamic photos, videos and reports on all topics.
www.naseyhai.com
Subscribers: 601
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވިއެވެ. "ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް, ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވޭނެއެވެ."
رواه الحاكم, والبيهقي، وصحح الألباني
ދަރިންގެ އެންމެ ގާތް އެކުވެރިންކަމުގައި އެ ދަރިންގެ މައިންބަފައިންވާށެވެ.
ހެޔޮ ނިޔަތަކީ އިންސާނާ އަބަދުވެސް ރަނގަޅު މަންޒިލަށް ގެންގޮސްދޭނެ އެއްޗެކެވެ. އެއީ ދެ ދުނިޔޭގެ ފަލާޙާއި ކާމިޔާބުގެ ތަޅުތަނޑިއެވެ.
~އައްޝައިޚް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު (حفظه الله)
ޢާޝޫރާ ދުވަހުގެ ރޯދަ ހިފުމުގައި އެންމެ މޮޅުއިތުރުވެގެންވަނީ މުޙައްރަމު 09 އަދި 10 ވަނަ ދުވަހުގައި ރޯދައަށް ހުރުމެވެ.
ބައްލަވާ: مجموع فتاوى ومقالات الشيخ ابن باز 15/ 403
ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ސުންނަތެއް.
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
وَصِيَامُ يَوْمِ عَاشُورَاءَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ
"އަދި ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން ވޭތުވެދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާދެއްވާނެކަމަށް ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ."
أخرجه مسلم
ޢާޝޫރާ ދުވަސް.
ޢާޝޫރާ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މުޙައްރަމު މަހުގެ ދިހަވަނަ ދުވަހެވެ.
މި އަހަރުގެ ޢާޝޫރާ ދުވަހަކީ ޖުލައި 28
އިންސާނާގެ ހިތަށް ބިރުވެރިކަން ނުވަންނަނީ އާޚިރަތް ދުވަހަށް އީމާންވާންޖެހޭ ގޮތަށް އީމާން ނުވެވޭތީއެވެ.
~އައްޝައިޚް މުޙައްމަދު ޝާފިޢު (حفظه الله)
ތިބާ އަކީ ފުރިހަމަވެގެންވާ މީހެއްކަމުގައި ނުވާއިރު، ތިބާގެ ކައިރީގައިވާ މީހުންނަކީ ފުރިހަމަ ބައެއް ކަމުގައި ވުމަށް ލާޒިމުކުރަނީ ކިހިނެއްވެ؟!
އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ. “ނަމާދު ނުކުރާ ނަމަ އަޅާގެ ކިބައިން އެއްވެސް ޢަމަލެއް ޤަބޫލު ނުކުރެވޭނެއެވެ.”
الصلاة وأحكام تاركها 63/1
މީހާ އޭނާގެ ވިޔަފާރި ޙިސާބުކުރާ ވަރަށްވުރެ ބޮޑަށް އޭނާގެ ނަފްސު ޙިސާބު ކޮށްފުމަށްދާންދެން ތަޤުވާވެރިންގެ ތެރެއިން ނުހިމެނޭނެއެވެ.
حلية الأولياء وطبقات الأصفياء